ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު
ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު
އާ ދަތުރުތަކާއެކު ޗައިނާ މާކެޓް ދެންވެސް އުޅޭނީ ބޮޑު ތަނުން ކުރީގައިކަމަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފަޒީލް ވިދާޅުވީ މިހާރު މި ފެންނަމުންދަނީ ވަރަށް އުއްމީދީ މަންޒަރުތަކެއް ކަމަށެވެ.

އެގޮތުން ޗައިނާގެ ޗެންދޫއާއި ބެއިޖިންއިންވެސް ވައިޑް ބޮޑީ އެއާ ކްރާފްޓްގެ ބޯޓުތަކުގަިއ ފެށި ދަތުރުގެ ބޮޑު ބައި ފުލްވިކަން ސަފީރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން ދެން ކުރަން ޖެހޭ ކަމަކީ މާކެޓް ހިފެހެއްޓުންކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"ޗައިނާ މާކެޓަކީ މީހުން ނުލިބޭނެ މާކެޓެއް ނޫން. ވަރަށް ބޮޑު މާކެޓެއް. ދުނިޔޭގައި އޮތް މިޑުލް ކްލާސް އެންމެ ބޮޑު މާކެޓް. އެހެންކަމުން މިތަނުން އަޅުގަނޑުމެން މަސައްކަތްކޮށްފިއްޔާ އަޅުގަނޑުމެން މި ހިދުމަތް ދަމަހައްޓައިފިކަމަށް ވިއްޔާ މިއީ ވަރަށް ކާމިޔާބު ސެކްޓާއަކަށް ވާނެ. އެހެންވެއްޖިއްޔާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ." ސަފީރު ވިދާޅުވި އެވެ.

ޗައިނާއަކީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާާކެޓްކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ މޯލްޑިވިއަންއިން އަލަށް ފެށި ދަތުރުތަކާއި އަދި ޗައިނާގެ އެއާލައިންތަކުން ކުރާ ދަތުރުތައް އެއްކޮށްލުމުން ޗައިނާ މާކެޓް ދެން ވެސް އުޅޭނީ ވަރަށް ބޮޑު ތަނުން ކުރީގައި ކަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާގެ ނޫސްތަކުންނާއި ޓީވީތަކުން ވެސް ރާއްޖެއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށާއި އެހެންކަމުން މޯލްޑިވިއަނުން ފެށި ދަތުރުތައް ވަރަށް ކާމިޔާބު ދަތުރުތަކަކަށް ވެގެންދާނެ ކަމަށެވެެ. އެހެންކަމުން ދެން އޮތީ މޯލްޑިވިއަންގެ ހިދުމަތްތައް ޗައިނާގައި ރަނގަޅަށް ދެމެހެއްޓުން ކަމަށާއި އެކަން ކުރެވިއްޖެނަމަ ޗައިނާގެ މާކެޓް ރަނގަޅަށް ދެމެހެއްޓޭނެ ކަމަށް ސަަފީރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން