އޭސީސީއަށް އައްޔަނުކުރި ދެ މެމްބަރުން ހުވާކުރުން
އޭސީސީއަށް އައްޔަނުކުރި ދެ މެމްބަރުން ހުވާކުރުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ދެ ބޭފުޅަކު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އޭސީސީއަށް މިއަދު އައްޔަނު ކުރަށްވާފައިވަނީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން އާއި އަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާ ކަމަށެވެ.

އޭސީސީގެ މެންބަރުކަމުގެ މަގާމަށް އައްޔަނު ކުުރެއްވުމުގެ ކުރިން އެ ދެ ބޭފުޅުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރަށްވާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މިރަސްމިއްޔާތުގައި އޭސީސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުއިއްޒު އެ ދެ ބޭފުޅުންނާ ވަނީ ހަވާލުކޮށް ދެއްވާފައެވެ.

އޭސީސީގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި އަހުމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

‎އަދި އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ވަނީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން