ދެހާސް ފަނަރަ ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ހ. ހަންޑްރެންޑް ފްލާވާސް ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލައިގައި ކުށް ސާބިތުނުވެ ސަލާމަތްވި 3 މީހުންގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި މިއަދު ފަށައިފިއެވެ.
ޖައިލަމް މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު އާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ މައްޗަށެވެ.
ނަމަވެސް މި މީހުންގެ މައްޗަށް ކުށްސާބިތުވާވަރަށް ހެކިނެތުމުން ކުށްސާބިތުނުވެ އެންމެން ސަލާމާތްވީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
މި މައްސަލާގައި ދަޢުލަތުން 4 މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި ނަމަވެސް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އޭގެތެރެއިން 3 މީހުންގެ މައްސަލައެވެ. އެހެންކަމުން މިއަދުގެ އިސްތިއުނާފް އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އެކަމާމެދު ނުރުހުން ފާޅުކުރަށްވައި އެކަން ހިނގާފައިވާގޮތް ސާފު ކުރުމަށް ދަޢުލަތަށް ސުވާލުތަކެއް އަމާޒު ކުރަށްވާފައެވެ.
ޖަވާބުގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ ހުމައިދުގެ ބައި އިސްތިއުނާފު ކޮށްފައި ނުވަނީ އޭނާއާ ދެކޮޅަށް ހުށަހެޅި އެއްވެސް ހެއްކަކު ޝަރީއަތަށް ހެކިބަސް ނުދީ އޮތުމުން އޭނާއާ ދެކޮޅަށް ހުށަހެޅޭނެ އިތުރު އެއްޗެއް ނެތުމުން ކަމަށެވެ.
ދަޢުލަތުގެ ޖަވާބާ ގުޅިގެން ފަނޑިޔާރު މަޒީދު ވަނީ އިތުރު ސުވާލުތަކެއް ދަޢުލަތަށް އަމާޒު ކުރަށްވާފައެވެ. އެގޮތުން ހުމައިދުގެ ބަޔާނެއް، ނުވަތަ އިއުތިރާފުގެ ބަޔާނެއް ނެތްނަމަ އިތުރު ހެކި ނުހޯދީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރަށްވާފައިވެއެވެ. އަދި ބަޔާން ނުދޭ މީހުންނަށް ދަޢުވާ ނުއުފުލޭނެ ކަމަށް ކަނޑައެޅި ޤާނޫނީ ހަމަ ސާފުކޮށްދިނުމަށްވެސް ފަނޑިޔާރު އެދިލެއްވިއެވެ.
“ބޮޑު މާސިންގާ ވަޅިއެއް ހިފައިގެން ހަމަލާ ދިނީ އޭނައޭ ތި ބުނަނީ. ދެން މި އުޅެނީ ސައިކަލުގައި އެ މީހަކު އުފުލުމާއި އަތުން ޖެހުމާ މި ކަހަލަ ތުހުމަތުތައްވާ މީހުން. ވަޅިން ހަމަލާ ދިނޭ ބުނާ މީހާއަށް ދައުވާނުކޮށް އެހާ ލަސްކުރީ ކީއްވެ.” ފަނޑިޔާރު މަޒީދު ސުވާލު ކުރަށްވާފައި ވެއެވެ.
މި މައްސަލާގައި މިއަދުގެ އަޑުއެހުން ފަނޑިޔާރުން ނިންމަވާލެއްވީ ހުމައިދުގެ ބައިވެސް ހިމެނޭ ގޮތަށް ދަށު ކޯޓުގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓާއި ގަޟިއްޔާތަކުގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަން އެންގެވުމަށް ފަހުއެވެ. އޭގެ އިތުރުން މައްސަލާގައި ދަޢުވާ ރައްދުވާ ނަސީބާއި އަނީގަށް ވަކީލަކު ހަމަޖައްސަން ދެ ހަފުތާގެ ފުރުސަތެއް ދިނުމަށް ވެސް ފަނޑިޔާރުން ނިންމެވިއެވެ.
މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަވަނީ ފަނޑިޔާރު ހުސެއިން މަޒީދު އާއި، ހަސަން ޝަފީއު އަދި ދީބާނާޒް ފަހުމީގެ ބެންޗުންނެވެ.
ޖައިލަމް މަރާލީ 2015 އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު އެވެ. ޖައިލަމް މަރުވެފައި ވަނީ އޭނާގެ ގެ ކައިރީގައި ހުއްޓައި ދެ ސައިކަލްގައި ދިޔަ ތިން މީހުންގެ ތެރެއިން އެކަކު ޖައިލަމަށް ވަޅިން ދިން ހަމަލާގެ ސަބަބުންނެވެ. ޖައިލަމްގެ ހަށިގަނޑުގެ 12 ތަަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ހަތް އަހަރަށް ދިގުލައިގެން ދިއުމަށްފަހު އެކޯޓުން ނިންމީ ޖައިލަމަށް ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނީ އެންމެ ހެކިވެރިއަކު ކަމަށާއި، އޭނާވެސް ހުރީ މަސްތުވެގެން ކަމަށް ބުނެފައިވާތީ އޭނާގެ ހެކި ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ.
އެ މައްސަލާގައި ދަޢުލަތުން 16 ހެކިވެރިއަކު ހުށަހެޅި ނަމަވެސް، 11 މީހަކު ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. ހާޒިރުވި މީހުންވެސް ބުނެފައިވަނީ ހަމަލާދިން މަންޒަރު ނުފެންނަ ކަމަށެވެ. އޭގެ އިތުރުން ދަޢުލަތުން ހުށައެޅި އެހެނިހެން ހެކިތަކުގެވެސް ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށައަޅާފައިނުވާކަން ޙުކުމްގައި ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު