ސްޓެލްކޯއިން އަޅަމުންދާ މެކޭނިކަލް ސެންޓަރު
ސްޓެލްކޯއިން އަޅަމުންދާ މެކޭނިކަލް ސެންޓަރު
ސްޓެލްކޯއިން މިހާރު އަޅަމުންދާ މެކޭނިކަލް ޓްރެއިނިން ސެންޓަރު އެޅުމުގެ ހުރިހާ މަސައްކަތްތަކެއްގައި އުޅެނީ ސްޓެލްކޯގެ މުވައްޒަފުންކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ތުލުސްދޫގައި މިހާރު ހަދަމުންދާ އެ ސެންޓަރުގެ ޑިޒައިންކުރުމުން ފެށިގެން ކޮންސްޓްރަކްޝަންގެ މަސައްކަތުގައި އުޅެނީވެސް ސްޓެލްކޯގެ މުވައްޒަފުންކަމަށް ފަހުމީ ވިދާޅުވި އެވެ.

އެހެންވެ އެ މަސައްކަތުގައި އުޅޭ ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް ފަހުމީ ޝުކުުރު އަދާ ކުރެއްވި އެވެ.

ފަހުމީ ވަނީ އެ އިމާރާތުގެ ޑިޒައިނަށް ވެސް ތައުރީފް ކުރައްވައިފަ އެވެ. އަދި އޭގެން ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރު އެނގިގެންދާކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން