ފެނަކަ
ފެނަކަ
އައްޑޫ ސިޓީގެ އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް އަދިވެސް ނުލިބޭތި ފެނަކައިގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ހިމެނޭ ގޮތަށް އެ ކުންފުނީގެ އިސް ހަަ ބޭފުޅަކު މަޖިލީހުގެ އެސްއޯއި ކޮމިޓީއަށް ހާޒިރުކޮށްދޭން ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެވެ.

އަޒާން ހުށަހެޅުއްވި މައްސަލައިގައި ބުނީ އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ދިގުލައިގެން ދިއުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން އެބައޮތް ކަމަށެެވެ.

އަޒާން ވިދާޅުވީ އައްޑޫ އިންޖީނުގޭގައި ހުންނަ 17 އިންޖީނުގެ ތެރެއިން ހަތަރު އިންޖީނު މައްސަލަ ޖެހިފައިވާ އިރު މައްސަލަ ދިމާވަނީ ސްޕެއާ ލިބުމުގައި ގިނަ ދުވަސްވެ އިންޖީނުތަކުގެ މަރާމާތާއި މެއިންޓެނެންސް ނުކުރެވޭތީ ކަމަށެވެ.

ސްޕެއާ ލިބުން ލަސްވާތީ މީގެ ކުރިންވެސް ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރުމުން ސްޕެއާ ލިބޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް އަދިވެސް ސްޕެއާ ނުލިބޭކަމަށް އަޒާން ވިދާޅުވި އެވެ.

އެހެންވެ ސްޕެއާ ލިބުން ލަސްވާ ސަބަބު ހޯދަން ފެނަކައިގެ އިސްވެރިން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން