ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއިން ހުޅުމާލޭގެ ފުރަތަމަ ފޭސްގައިވފުލުހުންނަށް ޚާއްޞަކޮށްގެން އެޅި "ބްލޫސް ހައުސިން" ފްލެޓްތަކުގެ މަޝްރޫއުގައި، ވަކި ބަޔަކަށް ނުހައްގުން މަންފާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީން ބަލަން ފަށައިފި އެވެ.
އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި އެ މަޝްރޫއަށް 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު މަޝްރޫއާ ގުޅޭ ބޮޑެތި މައްސަލަތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަވެސް ކޮށްފައި ވެއެވެ.
އެހެންވެ ނާޖާއިޒް މަންފާ ހޯދި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އޭސީސީއަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮތީ އިރުޝާދުވެސް ދީފަ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލު "ރަސް" އަށް މިއަދު ވިދާޅުވީ އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ އެ ކޮމިޝަނުން މިހާރު ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ވަނީ ދޫކޮށްފަ އެވެ.
ފުލުހުންގެ ފުލެޓްތަކަކީ 2013 ވަނަ އަހަރު އަޅަން ފެށި ފުލެޓްތަކެކެވެ. އެންމެ ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ނޫމަޑި ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏަށް އެކަން ނުވުމުން ދެން ހަވާލުކުރީ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏަށް ވެސް އެކަން ފުރިހަމަ ނުކުރެވުމުން މަސައްކަތް ފުރިހަމަ ކުރީ އަމިން ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްގެނެވެ.

ކިޔުންތެރިންގެ ހިޔާލު