ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމްކޯޓަށް ހުށަހަޅި މައްސަލަ ބަލަން އެ ކޯޓުން ނިންމައިފި އެވެ.

ގޮނޑި ގެއްލޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ މިިދިޔަ ނޮވެމްބަރު މަހު އެވެ.

ނަމަވެސް އެ މާއްދާ ގާނޫނު އަސަސީގެ އެހެން ބައެއް މާއްދާތަކާ ތައާރަޒުވާކަމަށް ބުނެ ގޮނޑި ގެއްލޭ މާއްދާ ބާތިލުކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓުގެ މީޑިއާ އޮފިޝަލު ރަަސްއަށް މިއަދު ވިދާޅުވީ އެ މައްސަލަ ބަލައިގެންފައިވާ ކަމަށާއި މައްސަލަ ބަލާނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ.

ނަމަވެސް އެ މައްސަލަ ތާވަލުކުރާނެ ތާރީހެއް މީޑިއާ އޮފިޝަލު ވިދާޅެއް ނުވެއެވެ.

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރި އެވެ. ނަމަވެސް އެޤާނޫނު ތަސްދީގު ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ވެސް މަޖިލީހުގެ ތެރެއިން މިކަން ކުރައްވައިގެން މަޖިލީހުގެ އެގާރަ މެންބަރެއްގެ ގޮނޑި ގެއްލުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން