މާލޭގައި ސިނގިރޭޓު އުފައްދާ ތަނެއް ބަލައި ފާސްކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ ބަލައި ފާސްކުރަމުން އަންނަނީ ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއް ކަމަށެވެ. ފުލުހުން ބުނީ އެ އޮފީހުގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުން އެތަން ބަލައި ފާސްކުރަމުންދާ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ބޭނުން ކުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މާލޭގައި ކޮލިޓީ ދަށް ދުންފަތުން ސިނގިރޭޓު އުފައްދައި ވިއްކަން ފިހާރަތަކުގައި ހުންނަކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން މިފަދަ ވާހަކަތަކެއް އެންމެ ފުރަތަމަ މީސް މީޑިއާގައި ދައްކާފައި ވަނީ ކާކުކަން ނޭނގޭގޮތަށް ހިންގަމުން އަންނަ ހަސަން ކުރުސީ ނަމަކަށް ކިޔާ އެކައުންޓަކުންނެވެ.
ކުރުސީގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ކުރިން އެޗް އެންޑް ޑީގެ ނަމުގައި އުފައްދައި ވިއްކަމުންދިޔަ ސިނގިރޭޓުގެ ނަން ނިއު ލެޖެންޑަށް ބަދަލުކޮށް އުފައްދަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިބީ މަޖިލިސް ދެ މެންބަރަކު ކަމަށްވެސް އެ އެކައުންޓުން އޭރު ތުހުމަތުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު