ރޭ ރެއިޑްކުރި ސިނގިރެޓް އުފައްދާ ތަނުން 103 ފޮށިގަނޑު އަތުލައިގަތް ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ސިނގިރެޓާއި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ހެދުމަކީ ނުވަތަ އުފެއްދުމަކީ މަނާ ކަމެކެވެ. އަދި އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ދުންފަތުގެ ބާވްތްތައް ވިއްކޭ އަގުތައް ވެސް ވަނީ ވަރަށް ބޮޑުކޮށްފަ އެވެ.
ނަމަވެސް މިހާރަކަށް އައިސް އަގުހެޔޮ ސިނގިރެޓް އެކި ފިހާރަތަކުން ދަނީ ވިއްކަމުން ނެވެ. އަދި އެ ތަކެތި ހަދަނީ ސީދާ ރާއްޖޭގައި ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.
އެގޮތުން ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގައި ސިނގިރެޓް އުފައްދާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ.
ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރެއިޑްކުރި ތަނުން 103 ފޮށިގަނޑު ފެނުނު ކަމަށާއި އެއިން ބައެއް ފޮށިގަނޑުތަކުގައި ދުންފަތް ހުރި ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް އަދި ނޭނގެ އެވެ.

ކިޔުންތެރިންގެ ހިޔާލު