ސިއްދީގު
ސިއްދީގު
މިރޭ އެމްޑީޕީން ބާއްވާ އެއްވުމުގައި ގާނޫނާ ހިލާފަށް ކަންކަންކުރާނަމަ ފިޔަވަޅު އަޅަން ކުރީގެ ހޯމް މިނިސްޓަރުގެ ނާއިބު ގޮވާލައްވައިފި އަހުމަދު ސިއްދީގު ގޮވާލައްވައިފި އެވެ.

"ގާނޫނު އަސާސީގެ ދިފާއު" ގެ ނަމުގައި މިރޭ މާލޭގައި ބާއްވާ ބޮޑު ހިނގާލުމަށް ރަށްރަށުން ވެސް މިހާރު މީހުން ވަނީ އަންނަން ފަށައިފަ އެވެ.

އެ އެއްވުމަށް އިޝާރާތްކުރައްވައި ސިއްދީގު އެކްސްގައި ވަނީ ގާނޫނާ ހިލާފަށް ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އޭނާ ވިދާޅުވީ މުޒާހަރާ ކުރުމާއި އެއްވުންތައް ބެއްވުމާއި އަޑުއުފުލުމަކީ ހުއްދަ ކަންކަން ކަމަށެވެ. އެކަމަކު އެކަންކަން ކުރަން ގާނޫނުއަސާސީ ހުއްދަ ދެނީ މުތުލަގުކޮށް ނޫންކަން ދަންނަން ޖެހޭނެ ކަމަށްވެސް ސިއްދީގު ވިދާޅުވި އެވެ.

ސިއްދީގު ވިދާޅުވީ ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުން ހުއްދަ ކުރިން ހޯއްދަވައިގެން ބަޔާންކުރެވިފައިވާ އުސޫލުތަކާ ހަމަތަކާއެއްގޮތަށް ކުރެއްވުމަކަށް އެއްވެސް ފަރާތަކުން މަނާ ނުކުރާނެ ކަމަށެވެ.

"ނުކުރައްވަން ވީ، ގާނޫނާ ޚިލާފު ނުވާންވީ. ގާނޫނާ ޚިލާފު ވެއްޖެ ނަމަ ތަންފީޒީ އިދާރާތަކުން ގާނޫނު ތަންފީޒު ކުރައްވާނެ. އެކަމާމެދު ޝައްކު ނުކުރައްވާ." ސިއްދީގު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބާއްވާ ހިނގާލުމަކީ އެ ޕާޓީގެ ވެރިކަން ނިމުނުފަހުން ބާއްވާ އެފަދަ ފުރަތަމަ ހިނގާލުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން