އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
މިއަދު ކިރިޔާވެސް މިނިވަންކަމެއް އޮތް ކަމަށް ރައްޔިތުން ޤަބޫލުކުރާ މުއައްސަސާއަކީ ސުޕްރީމް ކޯޓު ކަމަށާއި އެހެންކަމުން ގާނޫނު އަސާސީ ހިމާޔަތްކުރަން އެކޯޓުގެ ފަނޑިޔާރުން ފަސްނުޖެހުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.

ފައްޔާޒް މިގޮތަށް ގޮވާލެއްވީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ ބޮޑު ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ބޮޑު ހިނގާލުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ފަސްޖެހުމެެއް ނެތި މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓަށް ގޮވާލައްވާފައެވެ.

“ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުންވޭ ދިވެހި ރައްޔިތުން މިކުރި ޑިމޮކްރަސީގެ ދަތުރަށް ވިސްނަވާ ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެބޭފުޅުން ފަސް ނުޖެހި ބިރެއް ނެތި މަސައްކަތް ކުރަންވާނެއޭ.” ފައްޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު ފައްޔާޒް ވިދާޅުވީ ރޭގެ އެއްވުމުން ހާމަވެގެން ދިޔައީ ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ރައްޔިތުން ފޫގަޅާފައިތިބި މަންޒަރު ކަމަށެވެ. އަދި މި ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ދިވެހި ރައްޔިތުން ކުރި މަސައްކަތް ހިފަހައްޓައި، ނަގަހައްޓައި، އެ ހައްގުތައް ސަލާމަތްކުރަނީ ކޮން ބައެއްކަން ތާރީޚުގައި ލިޔެވިގެން ދާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު ފައްޔާޒް ވަނީ އެމްޑީޕީގެ ފަރާތުން ކުރިއަށްއޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލު ކުރުމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ކުރަށްވާ ކަމަށް ފައްޔާޒް ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ މިމަހުގެ 17 އަށް އެކޯޓުގައި ވަނީ ތަވާލުކޮށްފައެވެ.

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ހިނގާލުމުގައި އެތައް ސަތޭކަ މީހުން ވަނީ ބައިވެރިވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން