މޯލްޑިވިއަންގެ ބޯޓެއް
މޯލްޑިވިއަންގެ ބޯޓެއް
މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގެ އަގުތައް ބޮޑުވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އެކުންފުނިން އެތެރޭގެ މަންޒިލުތަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުތައް ބޮޑުކޮށް ވެބްސައިޓުގައި އާންމުވީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެމައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.



އެހެންކަމުން ޓިކެޓް ނެގުމަށް މޯލްޑިވިއަންގެ ހޮޓްލައިނާއި އެކުންފުނީގެ ރިޒަވޭޝަން އީމެއިލް ޚިޔާރު ކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ. މޯލްޑިވިއަންގެ ހޮޓްލައިން ނަންބަރަކީ 1671 އެވެ.

އަދި މިކަމާއި ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށް މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން