މޯލްޑިވިއަންގެ ގިފްޓް ޕެކެއް
މޯލްޑިވިއަންގެ ގިފްޓް ޕެކެއް
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނާންނަ ކަމަށާއި ޓިކެޓް ބުކިންގ ސިސްޓަމަށް ދިމާވި މައްސަލަ ޙައްލު ކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ އެކުންފުނިން އެތެރޭގެ މަންޒިލުތަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުތައް ބޮޑުކޮށް ވެބްސައިޓުގައި އާންމުވީ ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެކަން މިހާރު ޙައްލު ކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވިއަންގެ ސިސްޓަމަށް މިމައްސަލަ ދިމާވުމާ ގުޅިގެން އެކުންފުނިން މިއަދު ހެނދުނު ވަނީ ޓިކެޓު ބުކް ކުރުމަށް އެކުންފުނީގެ ހޮޓްލައިނާއި އީމެއިލް ބޭނުންކުރުމަށްވެސް އެދިފައެވެ.



މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލައާއި ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ކަސްޓަމަރުން އެކުންފުނީގެ ހޮޓްލައިން ނަންބަރު 1671 އަށް ގުޅުމަށް އެކުންފުނިން އެދިފައިވެއެވެ.

އަދި މިކަމާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން