ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނަގާފައިވާ ފޮޓޯގައި، އެމަނިކުފާނު ތުރުކުރައްވައިގެން އޮންނެވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހެދުންކޮޅެއް ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ޕިޖާމާއެއް ކަމަށް ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސް މައުމޫން އެނދުމަތި ކޮށްފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާއްމު ވެފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ ރައީސް މައުމޫން ތުރުކުރައްވައިގެން އޮންނެވީ އަނބިކަނބަލުން ނަސްރީނާގެ ހެދުންކޮޅެއްކަމަށް ބުނެފައެވެ. އަދި އެއީ އެމަނިކުފާނު އަނބިކަނބަލުން ދެކެ ލޯބިފުޅިވާ ވަރާއި ދެބޭފުޅުންގެ ގާތް ގުޅުމުގެ ރަމްޒެއް ކަމުގައި ވެސް ބައެއް ފަރާތްތަކުން އެފޮޓޯ ސިފަކުރައްވާފައިވާ ޓްވީޓް ތަކުގައި ވެއެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯއިން އެފެންނަނީ އެމަނިކުފާނުގެ އަމިއްލަފުޅު ނިދިކުރައްވަން ތުރުކުރައްވާ ހެދުންކޮޅެއް ކަމަށާއި އެއީ މާޖެހި ހެދުންކޮޅެއް ކަމަށެވެ.



ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ފަހުން މިއީ، ދައުލަތުގެ މިހާ އިސްބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެމަނިކުފާން މިހާރު ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ފަރުވާ ހޯއްދަވަމުންނެވެ.

އުމުރުފުޅުން މިހާރު 80 އިން މައްޗަށް ގޮސްފައިވާ، ކުރީގެ ރައީސް މައުމޫން ވަނީ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް އަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން