ޓޫރިޒަމް ސިނާއަތަކީ ދިވެހިން ފަޚުރުވެރިވާ އަދި އެންމެންނަށް ފައިދާ ކުރާ ސިނާއަތަކަށް ހައްދަވާނެ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޠާރިޤް މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނު ކުރަށްވާފައެވެ.
އެކަމާ ގުޅިގެން ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޠާރިޤް އިއްޔެ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާއި ތިމާވެށީގެ ދާއިރާ އިން މިހާރު ކުރަމުންދާ ކަންތައްތައް މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޓޫރިޒަމް ސެކްޓަރ އަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ އަދި އެންމެންނަށް ފައިދާ ކުރާ އަދި ޓޫރިޒަމް ސެކްޓަރ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން.” ވަޒީރު ޠާރިޤް ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤް އިއްޔެ އައްޔަނު ކުރަށްވާފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޙާސިލު ކުރުމަށް ރާއްޖޭން ކަނޑައެޅި އަމާޒަށް ވަނީ ވާސިލް ވެފައެވެ.
ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަޤާމުގައި މީގެކުރިން ހުންނެވި އިބްރާހިމް ފައިސަލް މަޤާމުން ވަކިކުރަށްވާފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު