ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ވާން އީ-ފާސް މެދުވެރިކޮށް ރެޖިސްޓްރީވެވޭ ގޮތް ހެދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އާއި ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާ ގުޅިގެން ކުރިޔަށް ގެންދިޔަ މި މަޝްވަރާއާ ގުޅޭ ގޮތުން އީސީން ބުނީ އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ގޮތް ހަދައިފި ނަމަ، ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އީސީން ބުނީ އީ-ފާސްގެ ތެރެއިން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ޕޯޓަލް މިހާރު ޑިޒައިންކޮށްފައިވާ ކަމަށެވެ. އަދި އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގެ ދަފުތަރުގައި ރެޖިސްޓްރީވާން އެދި ހުށަހެޅޭ ގޮތަށް މި މަހުގެ 15 އިން ފެށިގެން ހަދަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޖެނުވަރީ 30 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އީސީން ވަނީ ހުއްޓާލައިފަ އެވެ. އީސީން އެގޮތަށް ނިންމި އިރު، ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ގިނަ އަދަދެއްގެ ވަގު ފޯމް ހުށަހެޅި މައްސަލަ ފެންމަތިވެ، އެ ކޮމިޝަނުން އެ މައްސަލަ ބަލަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އީ-ފާސް މެދުވެރިކޮށް ޕާޓީތަކުގެ މެންބަރު ކަމަށް ރަޖިސްޓްރީވެވޭ ގޮތަށް ހެދުމުން މީހާއަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕާޓީތަކުގެ ދަފުތަރުގެ ސައްހަކަން ވެސް އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު