ހާލުބެލުމުގެ ޕްރޮގްރާމްގެ ދަށުން ގޭގެއަށް ޒިޔާރަތްކުރުން-- ފޮޓޯ/ ސޯޝަލް މިނިސްޓްރީ
ހާލުބެލުމުގެ ޕްރޮގްރާމްގެ ދަށުން ގޭގެއަށް ޒިޔާރަތްކުރުން-- ފޮޓޯ/ ސޯޝަލް މިނިސްޓްރީ
ތިން ރަށެއްގައި ހާލުގައި އުޅޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސޯޝަލް އެންޑް ފެމެލީ ޑިވިލޮޕްމަންޓް މިނިސްޓްރީން ފަށައިފި އެވެ.

“ހާލު ކިހިނެއް؟” ޕްރޮގްރާމްގެ ތެރެއިން އެ މިނިސްޓްރީން ދަނީ މާލެއާއި އަތޮޅުތަކުގައި އުޅޭ ފަރާތްތަކުގެ ހާލު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރަމުން ނެވެ.

އެގޮތުން މާލެ އަތޮޅުގައި ކުރި ޒިޔާރަތްތަކުގެ ތެރެއިން ގާފަރު، ކާށިދޫ، އަދި ދިއްފުށީގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

"އެފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައި." މިނިސްޓްރީން އެކްސްގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން