އެކިއެކި ތަކެތި ވިއްކާކަމަށް ބުނެ ފޭސްބުކްގައި އިޝްތިހާރުކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.
ފޭސްބުކްގެ މާކެޓްޕްލޭސްތަކުން އަގު ބޮޑެތި ފޯނާއި އެ ނޫން ވެސް ތަކެތި ގަންނަން ފައިސާ ޓްރާންސްފާ ކުރުމުން އެ ތަކެތި ފޯރުކޮށްނުދޭ ސްކޭމްގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
އެހެންވެ ސައިބަ ކްރައިމް ސެންޓަރުން މިއަދު ވަނީ ޝައްކު އުފެދޭ ލިސްޓިންނާއި ޕޯސްޓް ތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އެގޮތުން ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއްކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
އޭގެ އިތުރުން ވިއްކާ މީހާގެ ޕްރޮފައިލް ޗެކްކޮށް ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދު ނަމަ އައު ޕްރޮފައިލެއް ނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަގީން ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފަ އެވެ.
ސައިބަ ސެންޓަރުން ލަފާދީފައި ވަނީ ރަނގަޅު އިތުބާރު ކުރެވޭ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިހުތިޔާރު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު