ފުލުހުންގެ އިދާރާ--
ފުލުހުންގެ އިދާރާ--
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަށް ހަމަލާދީ މަރާމާރީ ހިންގި މައްސައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެކަން ހިނގީ އިއްޔެ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ކަމަށެވެ.

އެގޮތުން މެނޭޖަރު ބައިސްކަލު ދުއްވާފައި ދަނިކޮށް ފަހަތުން އައި މީހަކު ބޮލުގައި އެއްޗަކުން ޖަހައި ހަމަލާ ދިނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެކަން ކުރީ ދިވެއްސެއް ކަމެއް ބިދޭސީއެއްކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އަދި މެނޭޖަރަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ވެސް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ލ. އަތޮޅުގައި ހިންގާ ސިކްސް ސެންސަސް ރިސޯޓުގައެވެ. ހަމަލާ ދިނީ ގާބުރިއަކުން ކަމަށާއި އެހާދިސާގައި ޖެނެރަލް މެނޭޖަރުގެ ބޯ ފަޅައިގެން ދިޔަ ކަމަށް ވެސް އެނގިފައި ވެއެވެ. އެރިސޯޓުގެ ޖެނެރަލް މެނޭޖަރަކީ ބިދޭސީ އަންހެނެކެވެ. އޭނާއަށް ހަމަލާ ދިނީ ރިސޯޓުގެ މުވައްޒިފެއްކަން ވެސް "ރަސް" އަށް ވަނީ ކަށަވަރުވެފައެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށާއި ނަމަވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން މައުލޫމަތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން