މާލޭގެ ރޯޝަނީ މަގުގައި ހުންނަ ރިފާޒް ކެފޭގެ ފާހާނާ ހޮޅިއެއް ޕޭމަންޓަށް "ކަނޑާފައި" އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް "ރަސް" އަށް ވިދާޅުވީ ރޯޝަނީ މަގުން ނުބައި ވަސް ދުވާ ކަމުގެ ޝަކުވާ ލިބޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަން ހިނގަނީ ކީއްވެގެންކަން އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށް އާޒިމް ވިދާޅުވި އެވެ.
އެހެންވެ ރޯޝަނީ މަގުން ކާނުތައް ކޮނެގެން ބެލިއިރު ކެފޭއެއްގެ ފާހާނާއާއި ސިންކު ހޮޅި ހުރީ ޕޭމަންޓަށް ބޭރުވާ ގޮތަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހޮޅި ޕޭމަންޓަށް ބޭރުވާ ގޮތަށް ހުރީ ކަނޑައިގެން ގޮސްގެންކަމެއް ނޫނީ ގަސްތުގައި ކަނޑައިފައި ހުރުމުން ކަމެއް އަދި ސާފުނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ނަަމަ ފިޔަވަޅު އަޅާނެކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު