ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް އެއްދުވަހުން މަސްކިރުވި 86 ދޯންޏަކަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
"އެކްސް" ގައި ކުރި ޕޯސްޓެއްގައި މިފްކޯއިން ބުނީ މި މަހުގެ އެއްވަނަ ދުވަހު ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ފައިސާ ދީފައިވާ ކަމަށެވެ.
އެގޮތުން އެއްވަނަ ދުވަހު އެކަނި 86 މަސް ދޯންޏަކުން މަސް ކިރާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯއިން ބުނީ އެ ދޯނިތަކަށް ޖުމްލަ 5،680،031 ރުފިޔާ ދައްކާފައިވާ ކަމަށާއި އެ ފައިސާ މިއަދު ހަވީރު 16:30 ގެ ކުރިން ދޯނިތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން ދަނީ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދެމުންނެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެގޮތްވެސް މި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިހާރު ވަނީ ހުޅުމާލެ ކަންނެލި ޖެޓީގެ އިތުރުން، ކ. ހިންމަފުށި، ޅ. ފެލިވަރު، ގއ. ކޫއްޑޫ، އަދި ސ. ހުޅުމީދޫއިން އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު