ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ ސައްހަ ގަރާޖެއްގައިތޯ ބަލަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާއިން ނިންމައިފިއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭނީ ސައްހަ ގަރާޖެއް އޮތުމުން ކަމަށެވެ. އަދި މި ނިންމުމާއެކު، ޤާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓްރީކުރުން ވަނީ ނިމުމަކަށް ގެނެވިފައެވެ.
ވުޒާރާގެ މި މަސައްކަތް ފުރިހަމަ ގޮތުގައި ކުރުމަށް އަދި ގަރާޖުގެ ސައްޙަކަން ކަށަވަރުކުރުމަށް އެ ވުޒާރާގެ ފަރާތުން ގަރާޖުތަކަށް ގޮސް ޗެކު ކުރާނެއެވެ. މި ކަމުގެ މައިގަނޑު މަޤްޞަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކުރުމުގައި ޤާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އުޞޫލުން ބޭރުން ރަޖިސްޓްރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުމެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްގެން ދުއްވާ ހަތަރު ފުރޮޅުލީ އުޅަނދުތައް އިންތިހާއަށް އިތުރުވެފައިވާއިރު މިކަން ނިމުމަކަށް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން 2023 ވަނަ އަހަރާއި އަޅާބަލާއިރު 2024 ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދުގެ ނިސްބަތް ވަނީ 74.1 އިންސައްތަ ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު