ފްލެޓް މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯ ރެއިޑު ކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ ޕޮލްކޯ ފްލެޓުތަކާ ގުޅޭ ތަހުގީގަށް އޭސީސީއިން ޕޮލްކޯއަށް ވަދެ ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
ފުލުހުންގެ ފްލެޓް މަޝްރޫޢުގައި، ވަކި ބަޔަކަށް ނުހައްގުން މަންފާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެކަމުގައި ބައިވެރިވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި އޭސީސީއަށް ހުށަހަޅާފައި ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުންނެވެ.
ޕޮލްކޯއިން ހުޅުމާލޭގެ ފުރަތަމަ ފޭސްގައި "ބްލޫސް ހައުސިން" ގެ ނަމުގައި ތަރައްގީކުރި ފްލެޓް މަޝްރޫޢުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، މަޝްރޫޢު ހިންގުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު ނިމިފައިވާ މަސައްކަތްތަކަށް ފައިސާ ދޫކުރުމުގެ ބަދަލުގައި އެކި ގޮތްގޮތުން ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކޮށްފައިވާކަމަށް ބުނެފައި ވެއެވެ.
އަދި މި މަޝްރޫޢަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މަޝްރޫޢުން 355 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން، މަޝްރޫޢުގެ މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ފައިދާވާގޮތަށް އަދި ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިކަންކަން ހިނގަމުންދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑާއި އިސްވެރިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އިހުމާލުވެފައިވާތީ، އެފަރާތްތައް ޒިންމާދާރުކުރުވުމަށްވެސް އޮޑިޓް އޮފީހުން ވަނީ އޭސީސިއަށް ލަފާދީފައެވެ.
މި ކަންތައްތަކުގެ އިތުރަށް އިތުރު ބައެއްކަންކަން އިސްލާހު ކުރުމަށް ވެސް އޮޑިޓް އެޮފީހުން އަންގާފައިވެއެވެ. އެގޮތުން އެއްބަސްވުންތަކުގެ ކަންކަން މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށާއި، ޕޮލްކޯ އިން ކުންފުނިތަކާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަސައްކަތް ނުކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން ހިސާބުކޮށް ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދިއުމަށް ވެސް އަންގާފައިވެއެވެ.
އަދި ހައުސިން މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީއަކުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކަމާ ގުޅޭ މިނިސްޓްރީއަކުން ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު