ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓު (ޔޫއެސްއެއިޑު) ބަންދުކުރަން ނިންމައި، ގައުމުތަކަށް ދެމުންދާ އެހީތައް މެދުކަނޑާލުމުން، ރާއްޖޭގެ އެތައް ބައެއްގެ ވެސް ވަޒީފާ ގެއްލިއްޖެއެވެ.
ޔޫއެސް އެއިޑުން ފަންޑުކުރާ ޕްރޮގްރާމުތަކުން ރާއްޖޭގައިވެސް ވަރަށް ގިނަ ޕްރޮގްރާމުތައް ހިންގައެވެ. އޭގެ ތެރޭގައި ޑިމޮކްރެސީއާއި ތިމާވެށި އަދި ހެޔޮވެރިކަމާ ގުޅޭ ގިނަ ޕްރޮގްރާމުތަކެއްގެ ނަމުގައި ވަކި ކަހަލަ ބަޔަކަށް ފަންޑު ދީގެން ޕްރޮގްރާމްތައް ހިންގައެެވެ.
މި އެޖެންސީއިން ފޯރުކޮށްދޭ އެހީއިން ރާއްޖޭގައި އެންމެ ގިނަ ޕްރޮގްރާމުތައް ހިންގާ ޖަމިއްޔާއަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު ބާތިލުކޮށް މިހާރު ނޯޓިހެއް ދީފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ރާއްޖޭގައި ޔޫއެސް އެއިޑު ލިބެމުން އަންނަ މުއައްސަސާތަކުގެ ތެރޭގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުންވެސް އެހެން މުއައްސަސާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ލޯކަލް ގަވަމަންޓް އޮތޯރިޓީ، ބައެއް ރަށްރަށުގެ ލޯކަލް ކައުންސިލްތައް، މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން، ބާ ކައުންސިލް އޮފް މޯލްޑިވްސް، އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް، އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް، އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް މޯލްޑިވްސް އަދި ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް މޯލްޑިވްސް ހިމެނެއެވެ.
ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެގައުމުން އެހެން ގައުމުތަކަށް ދޭ ހުރިހާ އެހީއެއް ކަނޑާލާފައެވެ. މީގެ ތެރޭގައި ޔޫއެސް އެއިޑުން ފޯރުކޮށްދޭ އެހީތައްވެސް ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން އެހެން ގައުމުތަކަށް އެހީތައް ފޯރުކޮށްދިނުން މެދުކަނޑާލާފައިވަނީ 90 ދުވަހަށެވެ.
ނަމަވެސް އެމެރިކާ ސަރުކާރުގެ އިސް ވެރިން ދަނީ ޔޫއެސްއެއިޑުން ފޯރުކޮށްދޭ އެހީތަކާމެދު ޝައްކު އުފައްދަމުންނެވެ. އެގޮތުން، ޔޫއެސްއެއިޑަކީ ކުށްކުރާ އެޖެންސީއެއް ކަމަށާއި އެ އެޖެންސީ ހިންގަމުންދަނީ ހަމަޖެހޭ ބައެއް ނޫން ކަމަށް ޓްރަމްޕުގެ ސަރުކާރުގައި އިސް ރޯލެއް އަދާ ކުރާ އިލޯން މަސްކު ވަނީ އިއްޔެ ބުނެފައެވެ. އަދި ޔޫއެސްއެއިޑުގެ އެހީތައް އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފި ކަމަށްވެސް މަސްކު ބުނެފައިވެއެެވެ.
މިހާރު އެމެރިކާ ސަރުކާރުން ވަނީ ޔޫއެސްއެއިޑުގެ ސޯޝަލް މީޑިއާ އެކައުންޓުތައްވެސް ބަންދު ކޮށްފައެވެ. އަދި އެ އެޖެންސީއާ ގުޅޭ ހުރިހާ ނިޝާނެއްވެސް ނައްތާލަން އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫއެސް އެއިޑަކީ 1961 ގައި ޖޯން އެފް ކެނެޑީގެ ރައީސް ކަމުގައި އެކުލަވާލި އެޖެންސިއެކެވެ. މި އެޖެންސީއިން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެހީގެ ގޮތުގައި ބިލިއަނުން ހަރަދު ކުރެއެވެ.
ނަމަވެސް ޓްރަމްޕް ވިދާޅުފައި ވަނީ އެ އެޖެންސީން ގައުމުތަކަށް ޚަރަދު ކުރަނީ އެމީހުން ބޭނުންވާ ދީނީ އަދި ނުބައި އެޖެންޑާތައް ހިންގުމަށް ކަނަށެވެ. އެގޮތުން ބޮޑު ހޭދައެއްކޮށްގެން ގައުމުތަކުގެ މީޑިއާތައް ކޮންޓްރޯލް ކުރާ ކަމަށް ވެސް ތުހުމަތު ކުރަެްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު