ކެންސަރުން ދުރުވުމަށް ދުންފަތާ ދުރުހެލިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް އެކްސްގައި ވިދާޅުވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
އެހެންކަމުން ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައެޅުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
ރައީސް މުއިއްޒުގެ ޒައާމަތުގައި ދުންފަތާ ދުުރުކުރުމަށް ދުންފަތުން ނަގާ ޓެކްސް މިދިޔަ ޑިސެމްބަރު މަހު ވަނީ ބޮޑުކޮށް ވޭޕްވެސް މަނާކޮށްފަ އެވެ.
ރައީސް މިދިޔަ މަހު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބޭ ބަޔަކަށް ވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން މިކަމުގައި ފިޔަވަޅުތަކެއް އެޅީ ދުންފަތުން ދުރުވުމަށް ބާރު އެޅުމުގެ ހެޔޮ ނިޔަތުގައި ކަމަށާއި ނަމަވެސް ވޭޕް މަނާކުރި ގޮތަށް އެއް ފަހަރާ ދުންފަތުގެ އިސްތިއުމާލު މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމެއް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު