ހަލިމަގުގައި ޖަހާފައިވާ ކޯނެއްގައި ޖެހިގެން މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހިނގި އެކްސިޑެންޓުގައި ވެއްޓިފައި އޮތް މީހާގެ ބޯ މަތިން ސައިކަލު ދުއްވާފައި ދިޔައީ އުމުރުން 60 އަހަރުގެ އަންހެނެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީމީހާގެ ފުރާނަ ވަނީ ގެއްލިފައެވެ.
ފުލުހުން ބުނީ މި އެސިސްޑެންޓުގައި މީހެއްގެ ބޯމަތިން ދިޔަ ސައިކަލު ދުއްވަން އިނީ 60 އަހަރުގެ އަންހެނެއް ކަމަށާއި އެ އަންހެން މީހާގެ ސައިކަލު ޓޯކޮށް ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން ހޮނިހިރު ދުވަހު ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާގެ ފުރާނަ ގެއްލުނީ ހުޅުމާލެ ކޮޅުން މާލެ ދާން އޮންނަ ހަލިމަގުގައި މަސައްކަތެއް ކުރާކަން އަންގައިދޭން ޖަހާފައި ހުރި ކޯނެއްގައި ޖެހި ވެއްޓިގެން ކަމަށެވެ. ނަމަވެސް ރޭގައި މީސް މީޑިއާއަށް ތިލަވި ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލެއް އެ ބިދޭސީ މީހާގެ ބޯމަތިން ދާ މަންޒަރު ފެނެއެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ މި ވީޑިއޯ އާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެ މައުލޫމާތު ފުލުހުން ކުރިން ހާމަނުކުރީ ކީއްވެތޯވެސް އާންމުން ދަނީ ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު