އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުން ހޯދި ފައިސާ ފަޒުލްއާ އަނބުރާ ހަވާލުކޮށްފި އެވެ.
ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ ދަށުން، މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރަކާއެކު ފުލުހުން ފަޒުލްގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި 1.4 މިލިއަން ރުފިޔާ ފެނުނެވެ.
އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފުލުހުން މިއަދު ބުނީ އެ ފައިސާ އަނބުރާ ދީފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފަޒުލްގެ ގެއިން ހޯދި ފައިސާއާ މެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުންދާ އިރު ރާއްޖޭގައި ލޯންޗް ދަތުރުކުރުމުގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސާސްއިން ވަނީ އެއީ ލޯންޗެއް ބަންނަން ފަޒުލްގެ ކުންފުންޏަށް ދީފައިވާ ނަގުދު ފައިސާއެއް ކަަމަށް ބުނެފަ ވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ފަޒުލްގެ ބޭބެއަކަށް ގޯތި ދޫކުރިކަމަށްވެސް ތުހުމަތުކުރެވުނު އިރު އެ މައްސަލައިގައި ފަޒުލް ވަނީ އެމްޑީގެ މަގާމުން ވެސް އިސްތިއުފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު