ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ހުސައިން ޝަރީފް މަޤާމުން ސަސްޕެންޑްކޮށްފިއެވެ.

ޝަރީފް ސަސްޕެންޑްކޮށްފައިވަނީ، އޭނާ އާ ގުޅޭގޮތުން މައްސަލަތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތަށް ބެލުމަށްކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ޝަރީފް ސަސްޕެންޑްކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ. 

އޭނާ މަޤާމުން ސަސްޕެންޑްކުރުމުން އޭނާގެ ޒިއްމާތައް ހަވާލުކޮށްފައިވަނީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަލީ ޒަކީ އާއެވެ.

ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީކަމަށް ޝަރީފް އައްޔަނުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއިމަހުއެވެ. އޭނާއަކީ މަޤާމުގައި އެންމެ ގިނަދުވަސްވީ އެއް ޕާމަނަންޓް ސެކެރެޓަރީކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން