މާދަމާ ސަރުކާރު ބަންދަސް ޕާސްޕޯޓުގެ ހިދުމަތް ކުރިއަށް ގެންދަން އިމިގްރޭޝަނުން ނިންމައިފި އެވެ.
މާދަމާ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަަނޑައެޅީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދުވަހަށް ވާތީއެވެ.
ނަމަވެސް އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ ސަރުކާރު ބަންދަސް މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހަކުން މާދަމާ ޕާސްޕޯޓުގެ ހިދުމަތް ދޭނެ ކަމަށެވެ.
ޕާސްޕޯޓް ދޫކުރަން ނިންމާފައިވަނީ ވެލާނާގޭގައި ހުންނަ އިމިގްރޭޝަންގެ މާލޭގެ އޮފީހުންނާއި ހުޅުމާލޭގައި ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގައި ހުންނަ އިމިގްރޭޝަން އޮފީހުންނާއި ފޭސް ދޭއްގެ ވިނަރެސްގައި ހުންނަ އިމިގްރޭޝަންގެ އޮފީސް އިމާރާތުންނެވެ.
އެގޮތުން އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި 24 ގަޑިއިރު ހުށަހެޅޭއިރު 65 އަހަރުން މަތީގެ މީހުން އިމިގްރޭޝަން އޮފީހަށް ހެނދުނު 9 އަކުން މެންދުރު އެކަކަށް ހާޒިރުވެ ވެސް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އެވެ.
އަދި މާދަމާ ހެނދުނު 08:30އިން މެންދުރު 2:00 އަށް ޕާސްޕޯޓާއި ހަވާލުވާން ނަންބަރުވެސް ދޫކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު