މޯލްޑިވިއަންގެ ބޯޓެއް
މޯލްޑިވިއަންގެ ބޯޓެއް
ގައުމީ އެއާލައިން، މޯލްޑިވިއަނުން އިތުރު ދެ ގައުމަކަށް ދަތުރުތައް ފަށަން ސޭލްސް އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިިވިއަނުން މިއަދު ކުރި އިއުލާންގައި ބުނީ ސޭލްސް އެޖެންޓުން ހޯދަނީ މެލޭޝިއާއަށާއި ތައިލެންޑަށް ކަމަށެވެ. އެއީ ތައިލެންޑް ވެރިރަށް ބެންކޮކަށާއި މެލޭޝިއާގެ ވެރިރަށް ބެންކޮކަށް ދަތުރުތައް ބޭއްވުމަށެވެ.

އެކަަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 11އިގެ ކުރިން އެކަށް މޯލްޑިވިއަނަށް ލިއުމުން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މޯލްޑިވިއަނުން މެލޭޝިއާއަށާއި ތައިލެންޑަށް ދަތުރުތައް ފަށާއިރު މިދިޔަ މަހު ފަހުކޮޅު ވަނީ ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް ޗައިނާގެ ތިން މަންޒިލަކަށްވެސް ދަތުރުތައް ފަށައިފަ އެވެ.

ޗައިނާގެ އިތުރުން މޯލްޑިވިއަނުން އިންޑިއާގެ ދެ މަންޒިލަކަށް ވެސް ދަނީ ދަތުރުތައް ބާއްވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން