މިސްކިތް އެޅުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތް އެޅުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާފަންނު ބޮޑުގެ ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގަައި ބުނީ މި މިސްކިތް އެޅުމާ ގުޅޭ ގޮތުން މިއަދު ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެގޮތުން ވަގުތީ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި ޒަމާނީ ފެންވަރުގެ 3 ބުރީގެ މިސްކިތެއް އެޅުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

މި މިސްކިތް އެޅުމުގެ މަސައްކަތް ރަމަޟާން މަސް ނިމިގެން ފަށާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

"ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ މަސައްކަތް ފެށޭނެ." މިނިސްޓްރީން ބުނެފައިވެއެވެ.



މި މިސްކިތް އަޅަނީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއެކު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން