ބްރިކްސްގެ މެމްބަރު ގައުމުތަކުގެ ތެރެއިން އިންޑިއާ އާއި އިންޑޮނޭޝިއާ އިން އެމެރިކާ ޑޮލަރު ދޫކޮށް ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތައް ’ލޯކަލް‘ ފައިސާއިން ނިންމުމަށް ރަސްމީކޮށް އެއްބަސްވެއްޖެ އެވެ.

ވިޔަފާރިއަށް ލޯކަލް ފައިސާ ބޭނުން ކުރަން ނިންމީ އެމެރިކާއަށް ވަންނަ މުދަލުން 100 އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވުމުން ވެސް މެއެވެ. އިންޑޮނޭޝިޔާގެ ގައުމީ ފައިސާ ދެގައުމުގެ ވިޔަފާރިއަށް ބޭނުންކުރަން ގަސްތުކުރިއިރު އިންޑިއާއިން ވަނީ އާ އިގްތިސާދީ ސިޔާސަތު ގަބޫލުކޮށްފަ އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގެ އަމާޒަކީ ޖީޕީޑީ ހަރުދަނާ ކުރުމަށްޓަކައި މާލީ ތަނަވަސްކަން ހުރި މިންވަރަކުން އެ ގައުމެއްގެ ގައުމީ ފައިސާގެ ވިޔަފާރި ކުރިއެރުވުމެވެ. އެމެރިކާ ޑޮލަރު އެއްފަރާތްކޮށް، ލޯކަލް ފައިސާތައް ބޭނުންކުރުމަށް ކުރާ މަސައްކަތްތަކުގެ އާ ސިޔާސަތަށް ޓްރަމްޕް އަދި އެއްވެސް ރައްދެއް ނުދެއްވަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް މިދިޔަ ހަފްތާ ބަންދުގައި ނިއުދިއްލީއަށް މަރުހަބާ ވިދާޅުވެ އާ ވިޔަފާރީގެ ސިޔާސަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. ދެ ގައުމުން ވެސް ނެރުނު ޖޮއިންޓް ބަޔާނެއްގައި ވަނީ އެމެރިކާ ޑޮލަރު ދޫކޮށް ދެ ގައުމުގެ މެދުގައި ގައުމީ ފައިސާ ބޭނުން ކުރުމަށް އެއްބަސްވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން