ފަރުވާ ލަސްވެގެން ނިޔާވި ކަމަށްބުނާ ދެމައިން ބަލާ އެއާ އެމްބިއުލާންސް ފޮނުވީ ޕްރޮޓޮކޯލްގައިވާ ގޮތުގެ މަތިން ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ވިލިގިއްޔަށް ނިސްބަތްވާ ދެމައިން ނިޔާވި ހާދިސާއާއި ގުޅިގެން މޯލްޑިވިއަނުން މިއަދު ކުރި ޕޯސްޓެއްގައި އެ އެއާލައިނުން ބުނީ ކޫއްޑޫ އެއާޕޯޓަށް ދިޔަ އެ އެއާލައިނުގެ އެއާ އެމްބިއުލާންސް ދިޔައީ ޕްރޮޓޮކޯލްގައިވާ ގޮތުގެ މަތިން ބޭނުންވާ ސާމާނާއެކުގައި ކަމަށެވެ.

ދެމައިން ބަލާ އެއާޕޯޓަށް ދިޔައީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސަސްއާ ގުޅިގެން ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ދެމައިން ނިޔާވުމުން މޯލްޑިވިއަނުން ވަނީ ހިތާމަފާޅުކޮށް ދެމައިންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ގއ. ވިލިނގިލީގައި އިއްޔެ ހިނގި މި ހާދިސާގައި ނިޔާވީ އެ ރަށު ޝިއުނާ ތައުފީގު ނަމަކަށް ކިޔާ މީހަކާއި އޭނާގެ ތިން ވަނަ ދަރިފުޅެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން