ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނާއި މިދިޔަ އަހަރު އެމަނިކުފާނު އިއްވެވި ބަޔާނާ އެއްވެސް ތަފާތެއް ނެތްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނާޒިލް ވިދާޅުވެއްޖެއެވެ.

"ރިޔާސީ ދޮގުބަޔާން" މި ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިލްވަނީ ރިޔާސީ ބަޔާނަށް ބޮޑެތި ފާޑުކިޔުންތަކެއް ވިދާޅުވެފައެވެ.

އެގޮތުން ވިދާޅުވީ، މި އަހަރުގެ ބަޔާނުގައި ވެސް ދެއްކެވީ މިދިޔަ އަހަރު ވެސް ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުތައް ކަމަށެވެ. އެގޮތުން މި ބަޔާނުގައި ވެސް އޮތީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރު ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ ބަޔާނުގައި ނުދައްކަވާ ވާހަކަފުޅުތަކެއް ހުރިކަމަށާ އެގޮތުން، ގެއްލުވާލިކަމަށް ބުނާ ކަނޑުގެ މައްސަލާގެ ވާހަކަ ބަޔާނުގައި ނެތްކަމަށާއި އަދި ރާއްޖޭގެ ރަށްރަށް ފުރާ އޮތްކަމަށްބުނި ބޭރުގެ ސިފައިންގެ ވާހަކަވެސް ނެތްކަމަށެވެ.

ނަމަވެސް ދިވެހި ރައްޔިތުންނަށް އެކަން އޮޅުވާ ނުލެވޭނެކަމަށާއި ރައްޔިތުން ކެމްޕޭންގައި ދެއްކެވި ވާހަކަފުޅުތައް ހަނދާން ހުންނާނެކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިހާރު އެ ރައްޔިތުން ބުނަމުންދަނީ މި ސަރުކާރަކީ ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައި ސަރުކާރެއްކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މިހެން ވިދާޅުވިނަމަވެސް ވާހަކައިގެ ތެރެއިންވަނީ، ތަޅުމުން ނެރުމާއި ގުޅިގެން އަދި ރިޔާސީ ބަޔާން އެއްކޮށް އަޑު އިވިފައި ނެތްކަމަށާ އިވުނީ އެއްބައި ކަމަށް ވެސް ވިދާޅުވެފައިކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން