ޖަމާލުއްދީން ސްކޫލުގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ކުރީގެ ދަރިވަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއާ ގުޅޭ ޕޯސްޓް ޑިލީޓްކުރީ ސަބަބު އެ ސްކޫލުން ސާފުކޮށްދީފި އެވެ.
ޖަމާލުއްދީން ސްކޫލަށް 40 އަހަރު ފުރުމާ ގުޅިގެން އެ ސްކޫލުން ދަނީ މުސްކުޅި ދަރިވަރުންގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ މީހުންގެ ޕްރޮފައިލްތައް އެ ސްކޫލުގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ނެވެ.
އެގޮތުން މީކާއިލްގެ ތައުލީމީ ހަޔާތަށާއި ސިޔާސީ މައިދާނުގައި ހޯއްދެވި ކާމިޔާބީއަށް ތައުރީފްކޮށް ޖަމާލުއްދީން ސްކޫލުން ޕޯސްޓެއް ކުރީ އިއްޔެ އެވެ.
އެހެން ނަމަވެސް އިއްޔެ އެ ޕޯސްޓް ޑިލީޓްކޮށްލުމުން މިއީ ސަރުކާރުން ޕްރެޝަރުކޮށްގެން ކުރި ކަމެއް ކަމަށް ބުނެ މީކާއިލް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ޖަމާލުއްދީން ސްކޫލުން ރޭ ބުނީ ޕޯސްޓް ޑިލީޓްކުރަން ޖެހުނީ މީކާއިލްގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ ކަންތައްތަކެއް ފެނިފައިވާކަމަށް ސްކޫލަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި މީކާއިލްއާ ގުޅޭ ކަންބޮޑުވުންތަކެއް ބެލެނިވެރިންވެސް ހިއްސާކުރި ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި އެ ކަމުގައި ސަރުކާރުން އެއްވެސް ޕްރެޝަރެއްކޮށްފައި ނުވާ ކަމަށާއި އެކަން ކުރީ އެލުމްނާއީ ޕްރޮފައިލް ކޮމިޓީގެ ލަފާގެ މަތިންކަމަށް ވެސް ސްކޫލުން ބުނެފައި ވެއެވެ.
ޖަމާލުއްދީން ސްކޫލުން ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށް މީސްމީޑިއާގައި އާއްމުކުރި ބަޔާނުގެ ސަބަބުން އާއްމުންގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ބަޔާނަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ފިއްތުންތަކުގެ ސަބަބުން މަޖުބޫރުވެގެން ޖަމާލުއްދީން ސްކޫލުން ނެރުނު ބަޔާނެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި ސްކޫލުތައް އެ ގޮތަށް ސިޔާސީ ނުކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު