މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން އިއުލާާންކޮށްފި އެވެ.
މޯލްޑިވިއަންގެ މައި ކުންފުނި، އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިއުލާންއެއްގައި ހޯދަން ބޭނުންވާކަމަށް ބުނެފައި ވަނީ އެއާބަސް-އޭ330-200 މަރުކާގެ ބޯޓެކެވެ.
އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި އެ ކުންފުނިން ބޭނުންވަނީ އެއާބަސްގެ އެ ބޯޓު ފަސް އަހަރަށް ކުއްޔަށް ނެގުމަށެވެ.
އެކަމަަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޤައުމީ އެއާލައިނުން އިތުރު ވައިޑްބޮޑީ އެއާާކްރާފްޓެއް ހޯދަން އިއުލާންކުރި އިރު އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ އާ ވައިޑްބޮޑީ އެއާ ކްރާފްޓް ގެނައުމާއެކު ރާއްޖެއިން ސީދާ ޔޫރަޕުގެ ބައެއް މަންޒިލްތަކަށް، މޯލްޑިވިއަނުން ދަތުރުތައް ފަށާނެ ކަމަށެވެ،
އަދި މި އަހަރުގެ އޮކްޓޫބަރު މަހު އެ އެއަރކްރާފްޓް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވި އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު