ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ ވޯޓު ނެގުން މިއަދު ކުރިއަށް ދާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު ކުރިއަށްދަނީ 2 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކަމަށެވެ.
މިއިންތިޚާބުގައި ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ 9.17 އިންސައްތަ މީހުންނެވެ. އީސީން ބުނީ އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމަށެވެ.
މިއިންތިޚާބުގައި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައިވާ 4 ވޯޓު ފޮށި ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައި ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަނީ އަހަރަކު ދެ ފަހަރުއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ޖުމްލަ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ހުޅުވާލިއެވެ.
ނަމަވެސް 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު