ތަޢުލީމީ ދާއިރާއަށް ސިޔާސީ ނުފޫޒު ވެއްދުމަކީ ސަރުކާރުން އަދުގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ޖަމާލުއްދީން ސްކޫލްގެ ކުރީގެ ދަރިވަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމާއި ގުޅޭ ގޮތުން އެސްކޫލުން މީސްމީޑިއާގައި ޙިއްސާކުރި ޕޯސްޓެއް ޑިލީޓް ކޮށްފައިވާ މައްސަލާގައި ތަޢުލީމީ ވުޒާރާއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމައްސަލާގައި ކަންބޮޑުވުން ފާޅުކުރަށްވަމުން ޝާހިދު ވިދާޅުވީ މީކާއިލް ފަދަ ޖަމާލުއްދީން ސްކޫލު ފަޚުރުވެރިވާ އިސް ދަރިވަރެއްގެ ޕްރޮފައިލް މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށް އެ ޕްލެޓްފޯމްތަކުން ފްރޮފައިލް ނެގުމުން މިސަރުކާރުން ތައުލީމީ ނިޒާމް ސިޔާސީ ކޮށްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ހާމަވެފައިވާ ކަމަށެވެ.
އަދި މިއީ ރައްޔިތުން ތަމްސީލުކުރާ މަންދޫބުންނާމެދު މިއަދުގެ ދަރިވަރުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކޮށްފައިވާ ކަމެއްކަމަށް ޝާހިދު ތުހުމަތު ކުރަށްވާފައިވެއެވެ.
“ވަކީން ޚާއްސަކޮށް އިއްޒަތްތެރި މެމްބަރު މީކާއިލް އަހުމަދު ނަސީމުގެ އަބުރަށް ހުތުރުވާގޮތަށް އަމަލުކޮށް އުގަންނައިދޭ މަރުކަޒުތަކުގެ ތެރެއަށް މިސަރުކާރުން ސިޔާސީ ނުފޫޒު ވެއްދުމަކީ އަދުގެ ޒުވާން ޖީލަށް ދައްކުވައިދޭ ވަރަށް ހުތުރު ނަމޫނާއެއް.” ޝާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު ޝާހިދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވައި ތައުލީމީ ނިޒާމު ސިޔާސީ ނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު މި މައްސަލާގައި ޖަމާލުއްދީން ސްކޫލުން ބުނެފައިވަނީ މީކާއީލްގެ ޕްރޮފައިލް ޑިލީޓްކުރަން ޖެހުނީ މީކާއިލްގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ ކަންތައްތަކެއް ފެނިފައިވާކަމަށް ސްކޫލަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި މީކާއިލްއާ ގުޅޭ ކަންބޮޑުވުންތަކެއް ބެލެނިވެރިން ހިއްސާކުރި ކަމަށްވެސް ޖަމާލުއްދީން ސްކޫލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު