މާލެއަށް ނިސްބަތްވާ ދެ މީހުން ވެގެން ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗް) އިން ވައްކަން ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ކޮން ބައެއްކަން ފުލުހުން ހާމަކޮށްފައި ނުވާއިރު އެ އިދާރާއިން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެެއްގެ އިތުރުން، 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ވައްކަން ކުރުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު ކަމަށެވެ.
އިއްޔެ މި ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، ދެ މީހުންވެސް އައިޖީއެމްއެޗުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކަަމަށް ބުނެފައި ވެއެވެ. އެެހެން ނަމަވެސް، ދެ މީހުންވެސް ވަނީ އެތަނުގެ މުވައްޒަފަކު ހުއްދަ ދީގެން އެލުމީނިއަމްތަކެއް ނެގީ ކަމަށް ބުނެފައެވެ. އެކަމަކު ހުއްދަ ދިނީ ކާކުކަން މި މީހުންނަށް ބުނެދެވިފައެއް ނުވެއެވެ.
ހައްޔަރުކޮށްފައި ތިބި ދެ މީހުންނާއި ގުޅޭ ހާދިސާގެ ރިޕޯޓްގައި ބުނެފައި ވަނީ އޭސީތަކުގެ ބައިތަކެއް ވަގަށް ނަގަން އުޅުނު ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ 40 އަހަރުގެ މީހާ ބުނާގޮތުގައި އެއީ އޭނާގެ ބައިވެރިވުން އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެތަނަށް ދިޔައީ ރައްޓެއްސެއް ފެނިގެން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު