ރައީސް ނަޝީދުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރަށް ނިމުން އައިސްފައިވަނީ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާއަށް ސަލާމަތީ ޚިދުމަތްތަކުން ގުޅުމާ ގުޅިގެން ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ދިވެހި ޤައުމާ ރައްޔިތުންނަށް ގެއްލުމެއް ވެދާނެ ޙާލަތެއް ވުޖޫދުވެދާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ.
އެ ޙާދިސާއަށް އިއްޔެ 13 އަހަރު ފުރިފައިވާއިރު ފައްޔާޒް ވިދާޅުވެފައިވަނީ މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށެވެ.
“އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއް. އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަން ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތްތަކަކުން.” ފައްޔާޒް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ފައްޔާޒް ވަނީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އެމްޑީޕީން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާ ރައީސް ނަޝީދާއި އެމްޑީޕީންވެސް ސިފަ ކުރަމުން ގެންދަނީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.
ނަމަވެސް 7 ފެބްރުއަރީގެ ހަރަކާތުގައި އެންމެ އިސްކޮށް ތިއްބެވި ކަމަށް ބުނާ ގިނަ ބޭފުޅުން މިހާރުތިބީ އެމްޑީޕީގެ ލީޑަރޝިޕްގައެވެ.

މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ. އެއީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި… pic.twitter.com/ILg0U6dUIv
— Fayyaz Ismail (@faya_i) February 7, 2025
ހަމައެއާއެކު ފައްޔާޒް ވަނީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އެމްޑީޕީން ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާ ރައީސް ނަޝީދާއި އެމްޑީޕީންވެސް ސިފަ ކުރަމުން ގެންދަނީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.
ނަމަވެސް 7 ފެބްރުއަރީގެ ހަރަކާތުގައި އެންމެ އިސްކޮށް ތިއްބެވި ކަމަށް ބުނާ ގިނަ ބޭފުޅުން މިހާރުތިބީ އެމްޑީޕީގެ ލީޑަރޝިޕްގައެވެ.
ކިޔުންތެރިންގެ ހިޔާލު