އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް
ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްލަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ނުފޫޒު ފޯރުވައިގެން ސުޕްރީމް ކޯޓުގެ ބެންޗަށް މި ސަރުކާރުން ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެ އެމްޑީޕީން ނެރުނު ބަޔާނާ ގުޅުވައި ފައްޔާޒު އެކްސްގައި ވިދާޅުވީ، މަޖިލީހުގެ ބާރުތައް މުށުތެރެއަށް ލެއްވުމަށްފަހު ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ބާރު ބޭނުންކޮށްގެން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްލުމަށް ކަމަށެވެ.

އަދި ގާނޫނުއަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށް، ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ އަދުލު އިންސާފަށް ހުރަސް އެޅުމުގެ ފުރުސަތު ދިވެހިން ނުދޭނެކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ބޭނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް އެ މަގާމުތަކަށް ސަރުކާރަށް ވަފާތެރި ބޭފުޅުން އައްޔަން ކުރަން ކަމަށެވެ.

އެގޮތުން، މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި އިތުރު ދެ ބޭފުޅަކު އެ މަގާމުތަކަށް ހަމަޖައްސަން ނިންމާފައިވާކަމަށް ވެސް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން