އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން
އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން
މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ބައި-އިލެކްޝަންތައް ކާމިޔާބު ކުރުމަށް މި ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ކުރައްވައިފިއެވެ.

އޭނާ މިއަދު ފޭސްބޫކްގައި ވިދާޅުވީ، މުޅި ދައުލަތް އަރިކޮށް އޮއްސާލައިގެން ހުރިހާ ވެރިންނާއި މަޖިލިސް މެންބަރުން ވެގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަނެއް ކާމިޔާބުކުރަން ކުރާ މަސައްކަތް ފެނި އަންތަރީސް ވާކަމަށެވެ.

އަދި މި ކުޑަ އިންތިހާބުގައި ވެސް، ފައިސާއާއި ވަޒީފާ ބަހާފައިވާކަމަށާއި އެހެންކަމުން ގިނަގިނައިން އިންތިހާބުތައް ބާއްވަންވީކަމަށާއި އޭރުން ހަރަދު ކުޑަވާނީ ދައުލަތަށް ނޫންކަމަށާއި ހަރަދު ކުޑަވާނީ ވެރިކަންކުރާ ޕާޓީއަށް ކަމަށް ވެސް އެމްޕީ ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވާއިރު މިއަދު ބޭއްވި 13 ބައި-އިލެކްޝަންގެ ތެރެއިން ވެރިކަންކުރާ މައިޕާޓީ ޕީއެންސީން 9 ބައި-އިލެކްޝަން ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ކައުންސިލްގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ ގޮނޑިވެސް ހިމެނެއެވެ. އަދި ޖުމުލަކޮށް އިންތިހާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އޮމާންކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން