މުހިންމު ބައެއް ބޭސްތައް ރާއްޖެއިން ލިބެން ނުހުންނާތީ އެކަން އެގޮތަށް ދިމާވާ ސަބަބެއް ސާފުކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، އާސަންދަ ކުންފުނީގައި އެދިއްޖެއެވެ.
މެންބަރު މުޙައްމަދު އިބްރާހީމް އާންމު ކުރައްވާފައިވާ، އާސަންދައަށް އޭނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޑޮކްޓަރުން ބޭސް ލިޔެދޭއިރު ސިޓީގައި ހިމަނާ ބޭސް މި ފަހަކަށްއައިސް ބޭސްފިހާރަތަކުން އާސަންދައިގެ ދަށުން ނުލިބުމުގެ އިތުރުން އެ ބޭސްތައް އެސްޓީއޯއިން ވެސް ނުލިބޭކަން ދަނީ ފާހަގަވަމުން ކަމަށެވެ.
އަދި އެކަމުގައި އެންމެ ކަންބޮޑުވާ ކަމަކީ އޭގެ ތެރެއިން ބައެއް ބޭސްތައް އެއްވެސްވަރަކަށް ރާއްޖެއިން ލިބެން ނުހުންނަކަން ކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުނާއި ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭ ފަރާތްތަކުން ބޭނުންކުރާ ބައެއް ބޭސްތައް ލިބެން ނުހުންނަކަން ފާހަގަވާކަމަށް ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އަދި ކެންސަރާއި ލޭގެ ޕްރެޝަރުފަދަ ބަލިތަކަށް ބޭނުންވާ ބޭސްތައް ހުސްނުވެ ފަސޭހައިން ލިބެން ހުންނަކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށާއި އެފަދަ އަސާސީ ހިދުމަތަކަށް ލޮޅުންތަކެއް އަރައިގެން އުޅެނީ ކީއްވެކަން ސާފުކުރަން ބޭނުންވާކަމަށް ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއަށް އެޑްރެސްކޮށް ލިޔުއްވާފައިވާ ސިޓީގައި މެންބަރު ވިދާޅުވެފައިވަނީ އާންމު ސިއްހަތާއި ގުޅުންހުރި މި މައްސަލައަށް އަވަސް ހައްލެއް ލިބުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އެހެންވެ އެ ބޭސްތައް ދާއިމީކޮށް ލިބެން ހުންނާނެގޮތަށް އެކަން ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ.
މެންބަރު މުޙައްމަދު އިބްރާހީމް މި ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާއިރު މުހިންމު ބައެއް ބޭސްތައް ރާއްޖެއިން ލިބެން ނުހުންނަކަމުގެ ޝަކުވާއާއި އަމިއްލަ ބޭސްފިހާރަތަކުން އެފަދަ ބޭސްތައް ނުއަގުގައި ވިއްކާކަމުގެ ޝަކުވާއަކީ އާންމުކޮށް ރައްޔިތުން ކުރާ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު