އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ސާފުވީ ބިރުފަހަނައަޅާ ރައްޔިތުން ނުކުންނާނެކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިއަދުވަނީ ކައުންސިލްތަކުގެ ހުސްވެފައިވާ ބައެއް ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ހުސްވެފައިވާ ބައެއް ގޮނޑިތަކަށް މީހުން އިންތިހާބު ކުރުމަށް 13 ބައި-އިލެކްޝަނެއް ބާއްވާފައެވެ.

މި އިންތިހާބުތަކުގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 2 ގޮނޑިއެކެވެ. އެއީ އދ. ހަންޏާމީދުއާއި ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެވެ.

އަންހެނުންގެ ކޮމިޓީގެ ދެ ގޮނޑި ކާމިޔާބުވުމާއި ގުޅުވައި ފައްޔާޒު އެކްސްގައި މިރޭ ވިދާޅުވީ، މުޅި ސަރުކާރު ނުކުމެ ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް ބަހަމުންދިޔަ ފައިސާ އާއި ވަޒީފާތަކުގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން މިއަދު ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަދި ސަރުކާރުން ބިރު ދެއްކި ނަމަވެސް ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން މިއަދުގެ ނަތީޖާތަކުން ސާފުވެގެން ދިޔަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކަށް އެމްޑީޕީން ނުކުންނާނީ މިއަދުގެ ނަތީޖާތަކުން ހިތްވަރު ހޯދައިގެން ކަމަށާއި މި އިންތިހާބުތަކުގައި އެމްޑީޕީއަށް މަސައްކަތް ކޮށްދީ ވޯޓު ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.



ފައްޔާޒު މިހެން ވިދާޅުވެފައި ވީނަމަވެސް ޕީއެންސީން ދަނީ 13 ގޮނޑީގެ ތެރެއިން 9 ގޮނޑި އެ ޕާޓީއަށް ކާމިޔާބުވުމުން އެކަމުގެ އުފާފާޅު ކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެ މަރުހަބާ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން