މާލޭގެ މާފަންނު، ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރޯވީ މ. ހައުސްޕްލާޒާ ގޭގައި ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު 07:47 ގައި ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ފަޅުގެއެއްގެ ގޮތުގައި ހުންނަތާ ގިނަދުވަސް ތަކެެއްވެފައިވާ އެ ގޭގައި އަލިފާން ރޯވީ ގޭގައި ހުރި ކުނިތަކެއްގައިކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފަޅުގެތަކަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެ އުޅޭ ތަންތަނަވާއިރު އެ ތަންތަނުގައި އަލިފާނުގެ ހާދިސާތައް ކުރިންވެސް ހިނގާފައި އެބަހުއްޓެވެ.
އެގޮތުން މާފަންނުގައި ހުރި އެފަދަ ފަޅު ގެއެއްކަމަށްވާ މ. ރަބީއުވިލާގައިވެސް މިދިޔަ އަހަރު ވަނީ ރޯވެފަ އެވެެ.

ކިޔުންތެރިންގެ ހިޔާލު