އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު
އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު
ދޮގު ހަބަރު ފެތުރިކަމަށް ބުނާ މީހަކާ ދެކޮޅަށް އެންޑީއޭގެ ޗެއާޕާސަން އަދި ހޯމް ލޭންޑްގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ދައުވާކުރަން ނިންމަވައިފި އެވެ.

ސޯޝަލް މީޑިއާގައި އަހުމަދު ޒަކީ ނަމަކަށް ކިޔާ މީހަކު ބުނީ އޭނާ ވަޒީފާއަކަށް ދިޔަ އިންޓަވިއުއެއްގައި އޭނާ އުފެދުމުގައި ހުރި އައިބަކަށް ލުބުނާ މަލާމާތްކުރެއްވި ކަމަށެވެ.

އެކަމަކު ވެސް ލުބުނާއަކީ ކަނބަލަކަށްވާތީ އެއްޗެއް ނުބުނާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް ލުބުނާ އަބަދުވެސް ސަރުކާރުގެ މަތީ މަގާމުތަކުން ފެންނާތީ އެކަމަށް އޭނާ ވަނީ ފާޑުކިޔައިފަ އެވެ.

ލުބުނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވައި ފޭސްބުކްގައި ޕޯސްޓެއްވެސް ކުރައްވައިފަ އެވެ.

ލުބުނާ ވިދާޅުވީ އޭނާގެ ހަޔާތުގައި ވެސް ސަރުކާރުގައި އިންޓަވަވިއު ޕެނަލްއެއްގައި ބައިވެރިވެވަޑައިގެންނެވީ އެންޑީއޭއަށް ސީއީއޯއެއް ހަމަޖައްސަން 2011 ވަނަ އަހަރު ކުރި އިންޓަވިއުގައި ކަމަށެވެ.

އަދި އޭނާއަކީ ދުވަހަކުވެސް އެފަދަ މީހަކަށް ފުރައްސާރަކުރާނެ މީހެއް ނޫންކަމަށް ލުބުނާ ވިދާޅުވި އެވެ.

"މި މައްސަލައިގައި ގާނޫނީ ގޮތުން ކުރިއަށްދާން އަޅުގަނޑު މިހާރު ނިންމައިފިން" ލުުބުނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން