މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިއަދު ރޯވީ މާފަންނުގައި ހުންނަ ފަޅު އިމާރާތެއް ކަމަށްވާ ހައުސްޕްލާޒާގަ އެވެ.
ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ބުނީ އަލިފާނުގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެކަން ރަނގަޅުކުރެވެންދެން ދެ ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށެވެ.
ބޯހިޔާވަހިކަން ހަމަޖައްސައިދިން މީހުންގެ ތެރޭގައި 20 ބިދޭސީން ހިމެނޭހެން ޖުމުލަ 55 މީހަކު ހިމެނެ އެވެ.
ފަޅުގެއެއްގެ ގޮތުގައި ހުންނަތާ ގިނަދުވަސް ތަކެެއްވެފައިވާ އެ ގޭގައި އަލިފާން ރޯވީ ގޭގައި ހުރި ކުނިތަކެއްގައިކަމަށް ވެސް އެމްއެންޑީއެފުން މިއަދު ބުނެފައި ވެއެވެ.
އެ އަލިފާން ގަޑިއެއްހާއިރު ތެރޭގައި ނިއްވާލިއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު