އިއްޔެ ކުރިއަށްދިޔަ ބައި-އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީން ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ކާމިޔާބު ކުރުމާއި ގުޅިގެން އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް އެމްޑީޕީން ބުނެފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓު ބަލިކޮށް އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު އަޒުމާ ކުރި ހޯދުމާއި ގުޅިގެން އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
އެގޮތުން، ތަހުގީގެއް ކުރިއަށް ދާކަމަށްބުނެ އިތުރަށް ކަންކަން ބަލަންކަމަށްބުނެ ބައެއް މުވައްޒަފުން 14 ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވަނީ ސަބަބެއް ބަޔާން ކުރުމެއްނެތި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނީ، ސަރުކާރަށް ތާއީދު ނުކުރުމަކީ އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫންކަމަށެވެ. އަދި އިންތިހާބުތަކުގައި ވާދަކޮށް ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގަކަށް ވާއިރު އެ ހައްގު ބޭނުންކުރާ މީހުނަށް ސީޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުން އެއީ ސަރުކާރުގެ ވަރަށް ފިނޑި އަމަލެއްކަމަށް ވެސް ވަނީ ބުނެފައެވެ.
މި ތުހުމަތަކީ އަބަދުވެސް އޭރަކު އިދިކޮޅުގައި އޮންނަ ޕާޓީއަކުން ކުރާ ތުހުމަތެކެވެ. އެގޮތުން ނިމިދިޔަ އެންޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން ވެސް މިފަދަ ތުހުމަތުތައް ކޮށްފައި ވެއެވެ.
އިއްޔެ ބޭއްވި 13 ބައި-އިލެކްޝަންގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 2 ބައި-އިލެކްޝަނެވެ.

ނޫސްބަޔާން: ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ޕާޓީ ބަލިވުމުން ފެނަކަ ކޯޕަރޭޝަނުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ކުށްވެރި ކުރުން pic.twitter.com/aTx7peYdNF
— MDP Secretariat (@MDPSecretariat) February 9, 2025
ބަޔާނުގައި ބުނީ، ސަރުކާރަށް ތާއީދު ނުކުރުމަކީ އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫންކަމަށެވެ. އަދި އިންތިހާބުތަކުގައި ވާދަކޮށް ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގަކަށް ވާއިރު އެ ހައްގު ބޭނުންކުރާ މީހުނަށް ސީޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުން އެއީ ސަރުކާރުގެ ވަރަށް ފިނޑި އަމަލެއްކަމަށް ވެސް ވަނީ ބުނެފައެވެ.
މި ތުހުމަތަކީ އަބަދުވެސް އޭރަކު އިދިކޮޅުގައި އޮންނަ ޕާޓީއަކުން ކުރާ ތުހުމަތެކެވެ. އެގޮތުން ނިމިދިޔަ އެންޑީޕީގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމުން ވެސް މިފަދަ ތުހުމަތުތައް ކޮށްފައި ވެއެވެ.
އިއްޔެ ބޭއްވި 13 ބައި-އިލެކްޝަންގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 2 ބައި-އިލެކްޝަނެވެ.
ކިޔުންތެރިންގެ ހިޔާލު