ޓެކްސީ ޑްރައިވަރުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 63 މެމްބަރުންގެ ވޯޓާއެކު އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވަނީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފްކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާތީ މިދިޔަ ޑިސެމްބަރު މަހު ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އެޅިކަން ފާހަގަކުރައްވައިފަ އެވެ.
އަދި ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރި ޓެކްސީ ޑްރައިވަރުންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް ވެހިކަލްތައް ޓޯކުރިކަންވެސް މީކާއިލް ފާހަގަކުރެއްވި އެވެ.
މީކާއިލް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ފަހަރަކު ހައްގަކަށް އަރައިގަނެ ނިގުޅައިގަނެ މިނިވަންކަމާއި އަސާސީ ހައްގުތައް ދާއިމީ ގޮތެއްގައި މަހުރޫމްކުރުމަށް ކަމަށެވެ.
އެެހެންވެ މީކާއިލް އެދިވަޑައިގަތީ ޓެކްސީ ޑްރައިވަރުން މިނިވަންކޮށް ޓޯކުރި އެ މީހުންގެ ވެހިކަލްތައް ހަވާލުކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު