ޒާހިދު އަދި ސަލާމް އީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވުން--
ޒާހިދު އަދި ސަލާމް އީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވުން--
ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަމާގަށް އައްޔަނުކުރަން ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމު ރައީސުލްޖުމްހޫރިއްޔާއަށް އައްޔަނުކުރެވޭ ގޮތަށް އެ ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ.

އެއާއެކު އީސީގެ ރައީސާއި ނާއިބު އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ސިޓީގައި ރައީސް ހުށަހަޅުއްވައިފައި ވަނީ، އީސީގެ ރަޢީސްކަމަށް މުހައްމަދު ޒާހިދު އަދި ނާއިބު ރައީސްގެ މަގާމަށް އަބްްދުއް ރަހުމާން ސަލާމް ރަޝީދު ހަމަޖައްސައިދިނުމަށެވެ. އަދި އެކަމާމެދު މަޖިލީހަށް ފެންނަ ގޮތަކަށް އަމަލުކުރެއްވުމަށް ރައީސް އެދިވަޑައގެންފައި ވެއެވެ.

ޒާހިދާއި ސަލާމް އީސީގެ މެމްބަރުކަމަށް އައްޔަނުކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން